ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ibrahim Shareef

Kelaa Dhaairaa Haa Alif Atoll

ޕްރޮފައިލް

ހއ. ކެލަޔަށް އުފަން އިބްރާހިމް ޝަރީފަކީ ދަނޑިވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ އެގްރިކަލްޗަ މިނިސްޓްރީގައި 21 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. ސަރުކާރުގެ ވަޒީފާއިން 2009 ގައި ވަކިވިއިރު ހުންނެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ މިހާރު ގެންދަވަނީ ވިޔަފާރީގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވަމުންނެވެ.

ޝަރީފަކީ އިސްލާހީ މަސައްކަތަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތައް ފެށުމާ އެކު ހެން، އެމްޑީޕީގެ ފިކުރަށް ތާއީދުކުރެއްވި އެވެ. ސަރުކާރުން ވަކިވެވަޑައިގެން 2009 ގައި ރައްޔިތުންގެ މަޖިލިހަށް އަމިއްލަ ގޮތުން ހަނިމާދޫ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް އޭގެ ފަހުން އޭނާ ތަމްސީލްކުރެއްވީ އެމްޑީޕީ އެވެ. އެގޮތުން 2014 ގެ އާންމު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އެވެ. އޭނާ އަކީ 2014 ވަނަ އަހަރުން ފެށިގެން ކެލާ ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސެވެ.

ޝަރީފަކީ އިޖުތިމާއީ ބައެއް މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އިޖުތިމާއީ ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދޭން ސޭވް ދަ ޗިލްރަން ޔޫއެސްއޭ އިން ހއ. ގައި ހިންގި ޕްރޮގުރާމްތަކުގެ ކޯޑިނޭޓަރުކަން ކުރެއްވި އެވެ. އެއީ ނިސްބަތުން ބޮޑު އަދި ވަރަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވުނު ޕްރޮގްރާމެކެވެ.

ޝަރީފްގެ މެސެޖް ކުރުވެފައި ސާފެވެ: އިގުތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމެވެ.

Featured Candidates