ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ahmed Saeed

Gemanafushi Dhaairaa Gaafu Alif Atoll

ޕްރޮފައިލް

އަހުމަދު ސައީދު ޚާއްސަވެފައި ވަނީ ސިވިލް އެންޑް ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާ އިންނެވެ. ގއ. ދެއްވަދު އަށް އުފަން އަހުމަދު ވަނީ އެމްޓީސީސީގައި 19 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. އިންޖިނޭރިން ޓްރޭނަރެއްގެ ވަޒީފާ އިން 1999 ގައި އެމްޓީސީސީއާ ގުޅިވަޑައިގެން ފެއްޓެވި މަސައްކަތުން މިދިޔަ އޮގަސްޓް މަހު ދުރުވެވަޑައިގެންނެވި އިރު ހުންނެވީ އެމްޓީސީސީގެ ޖެނެރަލް މެނޭޖަރެއްގެ ވަޒީފާގަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ހިންގި ތަރައްގީގެ ހުރިހާ މަސައްކަތެއްގައިހެން އަމަލީ ގޮތުން އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.

އަހުމަދު ސައީދަކީ އެމްޑީޕީގެ ފިކުރަށް ތާއީދުކުރައްވައި، އެ ޕާޓީގެ ކަންކަމުގައި އުޅުއްވާ ބޭފުޅެކެވެ. ދެއްވަދޫގައި އުފެއްދި އެމްޑީޕީގެ ފުރަތަމަ ގޮފި، ހަވިއްތަ ގޮފީގެ ރައީސްކަން ކުރެއްވި އެވެ. މިއީ އޭނާގެ ފުރަތަމަ އިންތިހާބެވެ.

ގއ. ދެއްވަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޭޑީޑީއަކީ އަހުމަދު އިސްކޮށް ހުންނަވައިގެން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ރަށުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި މަގު ބައްތި ޖެހުމާއި ރަށު ސްކޫލަށް ބިދޭސީ ޓީޗަރުން ގެނަައުން ފަދަ ކަންކަން ހިމެނެ އެވެ.

އަހުމަދުގެ މެސެޖަކީ "އެޖެންޑާ19 ގައިވާ ކަންކަން ގެމަނަފުށީ ދާއިރާ އަށް ގެންދަން ތިލަފަތަށް ވޯޓު ދެއްވުމެ"ވެ.

Featured Candidates