ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Rasheed

Fuvamulak Uthuru Dhaairaa Fuvahmulah City

ޕްރޮފައިލް

ފުވައްމުލަކު ހޯދަޑު އަވަށަށް އުފަން މުހައްމަދު ރަޝީދު (ދޮންބެ) އަކީ ރާއްޖޭގެ ރިޒޯޓް ކޮންސްޓްރަކްޝަން ދާއިރާގައި ވަރަށް މަޝްހޫރު ނަމެކެވެ. ދިރިއުޅުމަށްޓަކައި ކޮންސްޓްރަކްޝަން ވިޔަފާރީގައި މަސައްކަތް ކުރައްވާ ރަޝީދު ތައުލީމު ހާސިލްކުރެއްވީ ފުވައްމުލަކުންނާއި މާލޭގެ އެމްއީއެސް އިންނެވެ. އެކި އުމުރުގެ މީހުންނާއި އޮންނަ ގާތް ގުޅުމުގެ ސަބަބުން ގިނަ މީހުން އޭނާއަށް އާންމު ނަމެއްގެ ގޮތުގައި ކިޔައި އުޅެނީ "ދޮންބެ" އެވެ.

ސިޔާސީ ޕާޓީތަކަށް ފުރުސަތު ލިބުމުގެ ކުރިން ވެސް ދޮންބެ އަކީ އުފަން ރަށް ފުވައްމުލަކުގައި ސިޔާސީ ކަންކަމުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އާ ގާނޫނުއަސާސީއާ އެކު، 2008 ގައި، "ބަދަލަކަށް" ބޭނުންވެ ރާއްޖޭގެ ރައްޔިތުން ނިންމި ނިންމުގައި ދޮންބެ ބުރަ މަސައްކަތްތަކެއް ފުވައްމުލަކުގައި ކުރެއްވި އެވެ. އޭގެ ފަހުން ބާއްވާ ކޮންމެ އިންތިޚާބެއްގައި، އަމަލީ ގޮތުން ކެމްޕޭންތަކުގައި ބައިވެރިވުމުގެ އިތުރަށް އިސްލާހީ އެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އޭނާގެ އެހީ އޮވެ އެވެ.

ޒުވާން އުމުރުން ފެށިގެން ވެސް ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގެވުމަކީ ދޮންބެގެ ބޮޑު ޝައުގެކެވެ. އެގޮތުން ރަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ބޮޑެތި ކާމީޔާބީތަކެއް ހޯދި ފުވައްމުލަކަށް ނިސްބަތްވާ "ސީ ކުއީން" ވޮލީ ޓީމު ހިންގެވުމުގައި އެންމެ އިސްކޮށް އުޅުއްވީ އޭނާ އެވެ. މީގެ އިތުރުން ވެސް ރަށުގައި ބާއްވާ އިޖުތިމާއީ އެކި ހަރަކާތްތަކަށް ދޮންބެގެ އެހީތެރިކަން ބޮޑެވެ.

"އިއްޒަތްތެރި މެންބަރަކަށް ވުމުގެ ބަދަލުގައި ރައްޔިތުން ތަމްސީލުކުރާ، ރައްޔިތުންގެ ހަގީގީ މެންބަރަކަށް ވާނަން،" ދޮންބެ ވިދާޅުވި އެވެ.

"ގައުމުގެ އާއްމު މަސްލަހަތު ހިފެހެއްޓުމާ އެކީ ދާއިރާގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކެރުން ފިޔަވާ އެއްވެސް ކަމެއް ނުކުރާނަން."

Featured Candidates