ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Nihad

Feydhoo Dhaairaa Addu City

ޕްރޮފައިލް

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގިނަ ކޮމިޓީތަކެއްގެ މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު ނިހާދަކީ ޕާޓީތައް ހެދުމުގެ ހުއްދަ ދިނުމުގެ ކުރިން، އަވަށްޓެރި ސްރީ ލަންކާގައި އެމްޑީޕީ ފުރަތަމަ އުފެއްދި އިރު ވެސް އެ ޕާޓީގެ މެމްބަރެކެވެ. އެމްޑީޕީގައި އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޓްރާންސްޕޯޓް ކޮމިޓީ، ސޯޝަލް އެންޑް ލޭބާ ކޮމިޓީ އަދި ހެލްތު ކޮމިޓީގެ މެމްބަރުކަން ހިމެނެ އެވެ.

ނިހާދު ސިޔާސީ މަސައްކަތަށް ނުކުންނެވީ 2003 ގައި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އެމްޑީޕީ ފުރަތަމަ އިއުލާންކުރި ހިސާބުންނެވެ. އޭގެ ފަހުން ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަން ހުއްދަދީ އެޕާޓީ ރާއްޖޭގައި ރަޖިސްޓްރީ ކުރި އިރު އެ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ދެގޮތެއް ނުވެ އޭނާ ހުންނެވީ އެޕާޓީގަ އެވެ.

ނިހާދަކީ ހިލޭ ސާބަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޑީއައިއެސްގެ ރައީސެވެ. އެ ޖަމިއްޔާ އިން ބައެއް ހަރަކާތްތައް ހިންގާފައިވެ އެވެ.

"ދާއިރާގެ ރައްޔިތުންގެ ހިދުމަތުގައި އޭނާ އިޚުލާސްތެރިކަމާ އެކު ދެމިހުންނާނަން. ދާއިރާގެ ތަރައްގީއަށްޓަކައި ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާން ހުންނާނީ ތައްޔާރަށް،" ނިހާދު ވިދާޅުވި އެވެ.

Featured Candidates