ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ismail Ahmed

ޕްރޮފައިލް

ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އެމްޑީޕީ ސަރުކާރުން ރަށްރަށަށް ކަނޑައެޅި ކައުންސިލަރުންގެ ތެރޭގައި އިސްމާއިލް އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. އަމިއްލަ ކުންފުންޏެއް ހައްދަވައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާތާ މިހާރު އަށް އަހަރު ވީ އެވެ.

އިސްމާއިލް އަބަދުވެސް ވިދާޅުވަނީ އޭނާގެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ސިޔާސީ ގޮތުން އޭނާގެ އެހެން ލޯތްބެއް ނެތެވެ. އެހެންކަމުން އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި އޭނާ ހުންނަވަ އެވެ. ދުވާފަރު ދާއިރާގެ އެމްޑީޕީގެ ރައީސްގެ ޒިންމާ ނެންގެވުމުގެ އިތުރުން މާލޭގައި ބާއްވާ އެމްޑީޕީގެ ބޮޑެތި ހަރަކާތްތަކުގައި ވެސް އާންމުކޮށް ބައިވެރިވެވަޑައިގަނެ އެވެ.

ދުވާފަރު ކުރިއަރުވައި، ރަށް ތަރައްގީކުރެއްވުމުގެ މަސައްކަތުގައި އޭނާގެ ހިއްސާ ބޮޑުވާނެ ކަމަށް އިސްމާއިލް ވިދާޅުވެ އެވެ.

"އަޅުގަނޑު އިންތިހާބަށް ނުކުމެގެން މި އުޅެނީ ޓީމަކާ އެކު. އަޅުގަނޑު އަމާޒު ހިފީ ރައްޔިތުންގެ މުހިންމު ކަންކަން ކުރުމަށް. މި ނުކުންނަނީ ރަށުގެ މައްސަލަތަކަށް ހައްލު ހޯދަން،" އިސްމާއިލް އަހުމަދު ވިދާޅުވި އެވެ.

Featured Candidates