ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Rasheed

ޕްރޮފައިލް

ބޮޑުގަލު މުހައްމަދު ރަޝީދު (ބޯދިގު) އަކީ މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރެވެ. އެ މަގާމް 2013 އިން ފެށިގެން ފުރުއްވަމުން ގެންދަވަނީ އިންޖިނޭރެއްގެ ގޮތުން ކުރިން މަަސައްކަތްކުރެއްވި ރަޝީދެވެ. މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އެންޑް ލޭބާ، ވޮޔެޖާސް މޯލްޑިވްސް، ވަރަ މޯލްޑިވްސް، ގިރާވަރު ރިޒޯޓް އަދި ހެވީލޯޑް މޯލްޑިވްސްގައި ސީނިއަ އިންޖިނޭރަކަށް އޭނާ އުޅުއްވި އެވެ.

ބޯދިގު ރަޝީދަކީ އެމްޑީޕީގެ ވަރަށް ވަރުގަދަ ސިޔާސީ އެކްޓިވިސްޓެކެވެ. ހާއްސަކޮށް 2012 ގައި އެ ޕާޓީ އަށް ވެރިކަން ގެއްލުމާ ހިސާބުން، ފެށި މަގުމަތީ ހަރަކާތްތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. އިންސާނީ ހައްގުތަކާއި އަދުލު އިންސާފާއި މިނިވަންކަމަކީ އޭނާ ގަބޫލުކުރައްވާ އެންމެ މުހިއްމު އަސާސްތަކެވެ. އެކަންކަން ކަށަވަރުކުރަން އެމްޑީޕީން ކުރާ މަސައްކަތްތަކުގައި އޭނާ ފުރިހަމައަށް ބައިވެރިވެ އެވެ.

ބޯދިގު ރަޝީދު ވަނީ އޭނާގެ ދާއިރާގެ ވަރަށް ގިނަ މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދެއްވައިފަ އެވެ. އެގޮތުން 2009 ވަނަ އަހަރު، މޫސުމީ ބަދަލުތަކަށް އަހުލުވެރިކުރަން ސަރުކާރުން ކަނޑު އަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުމާއި ކަނޑު އަޑީގެ މުޒާހަރާގެ ޓީވީ ކަވަރޭޖުގައި ޓެކްނިކަލް އިންޖިނިއަރެއްގެ ގޮތުން މަސައްކަތްކުރެއްވި އެވެ.

ރަޝީދު ގަބޫލުކުރައްވަނީ މި ބަސްތަކެވެ: މުޖުތަމައު ބަދަލުކުރަން، އަމާޒުހިފާ ސިޔާސީ އަދި އިޖްތިމާއީ އިންގިބާލުތަކަށް ދުވަހަކު ވެސް ނިމުމެއް ނާންނާނެ އެވެ. މިހާރު ދުނިޔޭގައި ތިބި ދިވެހިންނާއި އަންނަން އޮތް ޖީލުތަކަށް ކަމުދާނެ ފަދަ ގައުމެއް ބިނާކުރަން ކުރާ ހަނގުރާމަ ކޮންމެ މަހަކު، ކޮންމެ ހަފުތާއަކު، ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދާނަމެވެ. އަޅުގަނޑާ ގުޅިގެން "އެޖެންޑާ 19" ހަގީގަތަކަށް ހަދައިދޭށެވެ.

Featured Candidates