މ. ކުޑަވެޔޮ މަތީގެ އިބްރާހިމް ފަލާހަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ފަލާހުގެ ކޮއްކޮ އެވެ. އެހެންކަމުން މިއީ މިފަހަރުގެ އިންތިހާބުގައި ވާދަކުރަައްވާ އެއްބަނޑު އެއްބަފާ މަދު ކެންޑިޑޭޓުންގެ ތެރެއިން އެކެކެވެ. މާވަށު ދާއިރާއަށް އިބްރާހިމް ފަލާހު ކުރިމަތިލައްވަނީ އެ ދާއިރާގެ ގިނަ ބަޔަކާ އޭނާ ކުރިންސުރެ އޮންނަ ގުޅުމުގެ ސަބަބުންނެވެ.
އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ 2006 ގަ އެވެ. އޭރުން ފެށިގެން އެމްޑީޕީގެ ސިޔާސީ އެކި ހަރަކާތްތަކުގައި އުޅުއްވަ އެވެ. އޭނާ ވަނީ 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގއި ވެސް މާވަށު ދާއިރާއަށް ވާދަކުރައްވައިފަ އެވެ. އޭނާ އަކީ 2014 އިން 2016 އަށް އެމްޑީޕީ މާވަށު ދާއިރާގެ ރައީސް އެވެ.
މާވަށުދާއިރާގެ އެއްވެސް މީހަކު އެއްވެސް ކަމަކު އެދެފި ނަމަ އެކަމެއް ކޮށްދެއްވުމަކީ ފަލާހުގެ އާދައެކެވެ. އޭނާ އެކަމަށް އަބަދުވެސް ސަމާލުކަން ދެއްވަ އެވެ.
އިބްރާހިމް ފަލާހު ގަބޫލުކުރަައްވާ ގޮތުގައި ގައުމުގެ ހެވާއި ލާބަޔަށް އެދޭ، އުޖާލާ މުސްތަގްބަލަކަށް އުއްމީދުކުރާ ބަޔަކަށް ނަމަ "އެޖެންޑާ 19 އަށް ވުރެ ފުރިހަމަ ސިޔާސަތެއް ނެތެ"ވެ.