ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Shathir Abdul Rahman

Kudahuvadhoo Dhaairaa Dhaalu Atoll

ޕްރޮފައިލް

ދ. ކުޑަހުވަދުއަށް އުފަން ޝާތިރަކީ 1991 ވަނަ އަހަރުން ފެށިގެން 23 އަހަރު ވަންދެން ސަރުކާރަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1991 އިން 2004 އަށް ދ. ގެމެންދޫ ކުޑަ ކަތީބުކަން ކުރެއްވި އެވެ. އޭގެ ފަހުން 2008 އ ހަމަޔަށް ކުޑަހުވަދޫ ކުޑަކަތީބުކަން ކުރެއްވި އެވެ. ކަތީބުންގެ މަގާމު އުވި، ކައުންސިލަރުން އިންތިހާބުކުރަން 2009 ގައި ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި، ކުޑަހުވަދޫގެ ކައުންސިލަރުކަން ކުރެއްވި އެވެ. އޭގެ ފަހުން 2011 އިން 2012 އަށް އޭނާ ހުންނެވީ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ.

ޝާތިރު އެމްޑީޕީއާ ގުޅިވަޑައިގަތީ 2007 ގަ އެވެ. އޭގެ ފަހުން އެ ޕާޓީގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް އުޅުއްވަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރެއްގެ އިތުރުން އޭނާއަކީ ކުޑަހުވަދޫ ދާއިރާގެ ރައީސް ވެސް މެ އެވެ. ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލުކުރެއްވުމަކީ ޝާތިރުގެ އެންމެ ބޮޑު އުންމީދެވެ.

އިޖުތިމާއީ ގޮތުން ކުޑަހުވަދޫގައި ގިނަ ހަރަކާތްތަކެއް ރާވާ ހިންގެވުމުގައި އިސް ރޯލެއް އަދާކުރެއްވި އެވެ. އެގޮތުން ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ތައުލީމީ ދާއިރާގެ ކޯސްތަކާއި އަންހެނުންނަށް ހާއްސަކޮށްގެން، ކޭކު ކޯހުގެ އިތުރުން ލިޔެލާ ޖެހުން ފަދަ ތަމްްރީން ޕްރޮގްރާމްތައް ހިންގެވި އެވެ.

ތެދުވެރިކާއި އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމަކީ ޝާތިރުގެ ވައުދެވެ. އަދި އިސްލާމީ ޝަރީއާއަށް ފުށުނާރާ ފަދަ ގޮތަކަށް މަޖިލިހުގައި ގާނޫނުތައް ހެދުމާއި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފުރިހަމަޔަށް ބައިވެރިވުމަކީ އޭނާގެ އަޒުމެވެ.

Featured Candidates