ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Moosa Nizar Ibrahim

Keyodhoo Dhaairaa Vaavu Atoll

ޕްރޮފައިލް

ކެޔޮދު އަށް އުފަން މޫސާ ނިޒާރަކީ ހަމައެކަނި ވ. އަތޮޅަށް މަޝްހޫރު ބޭފުޅެއް ނޫނެވެ. އޭނާގެ އަޑަކީ ދިވެހިންނާ ވަރަށް ގާތް، ވަރަށް ގިނައިން އިވުނު އަޑެެކެވެ. ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ އޭނާގެ އަޑުން ވަރަށް ގިނަ ދުވަސް ވަންދެން ފޮނުވާފައިވެ އެވެ. މިސްރުގެ އަޒުހަރު ޔުނިވަސިޓީން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ މޫސާ ނިޒާރު މިހާރު ގެންދަވަނީ ޕީއެޗު.ޑީ އަށް ކިޔަވާ ވިދާޅުވަމުންނެވެ.

މޫސާ ނިޒާރު ސިޔާސީ ދާއިރާ އަށް ނުކުންނެވީ 2005 ގަ އެވެ. ގާނޫނުއަސާސީ ހަދަމުން އައި އިރު ހާއްސަ މަޖިލިހުގައި އިންނެވި އެވެ. އޭގެ ފަހުން 2014 ގައި އޮތް މަޖިލިހުގެ އިންތިހާބުގައި ވ. އަތޮޅު މެމްބަރެއްގެ ގޮތުން މަސައްކަތް ކުރެއްވި އެވެ. ރާއްޖެ އަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމެއްތޯ ނުވަތަ ރިޔާސީ ނިޒާމެއްތޯ ކަނޑައަޅަން ހާއްސަ މަޖިލީހުން އެކުލަވާލި ކޮމެޓީގެ މުގައްރިރަކީ ވެސް މޫސަ އެވެ.

ފުރަތަމަ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވައި ވ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގެން ކައުންސިލްގެ ރައީސްކަން ކުރެއްވި އެވެ.

ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން، ނިޒާރަކީ އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. އޭނާ އަކީ ކެޔޮދޫގައި 1996 ގައި އުފެއްދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ، ރަށްވެހި ކްލަބުގެ މަސްއޫލު މެމްބަރެކެވެ. އެ ރަށުގެ ތަރައްގީގެ ގިނަ މަސައްކަތުގައި އެ ޖަމިއްޔާގެ ދައުރު ބޮޑެވެ.

އޭނާ ހުންނަވާނީ ރައްޔިތުންގެ ދިފާއުގަ އެވެ. މަޖިލީހުގައި އިއްވަވާނީ ރައްޔިތުންގެ ހައްގުތަކުގެ އަޑެވެ. ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށް ސަރުކާރާ އެކު ކުރަން ޖެހުނު ކޮންމެ ކަމެއްގައި އެއްބާރުލުން ދެއްވާނެ އެވެ.

Featured Candidates