ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Jamsheedh Mohamed

ޕްރޮފައިލް

ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމުގެ ކުރިން ޖަމްޝީދު ވަނީ ސިފައިންގެ ތެރޭގައި ވެސް އުޅުއްވައިފަ އެވެ. ކައުންސިލް އިންތިހާބު ކާމިޔާބުކުރައްވައި، ކުޅުދުއްފުށީ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި އެވެ.

ޖަމްޝީދަކީ އެމްޑީގެ ފިކުރުގެ އަދި އެ ޕާޓީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. ރަށުގައި އެމްޑީޕީގެ ސަޕޯޓް އިތުރުކުރަން އޭނާ ވަނީ، ޕާޓީގެ އެހެން މެމްބަރުންނާ އެކު، ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ކުޅުދުއްފުށީ ކައުންސިލްގައި 2010- 2014 އަށް އުޅުއްވުމަކީ، ރައްޔިތުން އެކަން ބަލައިގަތުން ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.

ޖަމްޝީދުގެ މެސެޖް ވަރަށް ކުރެވެ. އޭނާ ވިދާޅުވީ "ރައްޔިތުންނާ ގާތުން އެކުވެރިކަމާއި ހިނިތުންވުމާ އެކު އަބަދުވެސް މަސައްކަތް ކޮށްދޭނެ" ކަމަށެވެ.

Featured Candidates