ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ibrahim Nazil

ޕްރޮފައިލް

ސްކޫލު ދުވަސްވަރުން ފެށިގެން ތަފާތު ގިނަ ހަރަކާތްތަކުން ފެންނަ އަދި ހިތަދޫގެ ގިނަ ބަޔަކަށް އެނގޭ ނާޒިލް އަކީ އެމްޑީޕީގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ރައީސެވެ. ޕާޓީގެ އިސް ސަފުގައި، ސިޔާސީ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ. އޭނާ އަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިއެކެވެ. އަދި މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިންގެ ފިރިކަލުން މެ އެވެ.

ނާޒިލް ފުރަތަމަ ތައުލީމު ހާސިލްކުރެއްވީ ހިތަދޫންނެވެ. ސ. އަތޮޅު ތަޢުލީމީ މަރުކަޒުން ފަށައިގެން، ސަދަން ސެކަންޑްރީ ސްކޫލުން ސެކަންޑްރީ ތައުލީމު ނިންމާލެއްވި އިރު އޭނާ އަކީ އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑް ކެޑޭޓެވެ.

ނާޒިލް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރިސޯޓެއްގެ ފައިނޭންސް އޮފީހުގަ އެވެ. އޭގެ ފަހުން ނިއު ޒިލޭންޑުން ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައި މަތީ ތައުލީމަށް ވަޑައިގެން ކޮންސްޓްރަކްޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހެއްދެވި އެވެެ.

ރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ފެށުނީއްސުރެ އެމްޑީޕީއާ އެކު އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ސިޔާސީ ގޮތުން އެންމެ ބޮޑަށް ހަރަކާތްތެރިވާން ފެއްޓެވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު 2012 ގައި ވެއްޓުނު ހިސާބުންނެވެ. އޭގެ ފަހުން އައްޑޫގައި އެމްޑީޕީ ކުރިއަރުވަން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވި ހިސާބުން ނާޒިލްގެ ސްލޯގަން އަކީ "އެންމެން އެކުގައި" އެވެ. އެމްޑީޕީގެ އެހެން ކެންޑިޑޭޓުންނެކޭ އެއްފަދައިން އޭނާ ވެސް މަސައްކަތް ކުރައްވާނީ އެޖެންޑާ 19 ތަންފީޒު ކުރައްވާށެވެ.

Featured Candidates