ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Ziyad

Vaikaradhoo Dhaairaa Haa Dhaalu Atoll

ޕްރޮފައިލް

ހުސެއިން ޒިޔާދު މަޝްހޫރުވެފައި އޮންނަނީ ފިއްޓޭގެ ގޮތުގަ އެވެ. އޭނާއަކީ ހުނަރުވެރި އަދި ޒުވާން ޓީމުތަކަށް ކުޅުއްވި ކުޅަދާނަ ފޯވަޑެކެވެ. މަސައްކަތުގެ ހަޔާތަށް ނުކުންނަވައި އެންމެ ފުރަތަމަ އުޅުއްވީ ޓީޗަރަކަށެވެ. އެކަމަކު ޒުވާނުންގެ މިނިސްޓްރީގެ ހަރަކާތްތައް ރަށްރަށަށް އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު، ޕްރޮގްރާމް ކޯޑިނޭޓަރެއްގެ ގޮތުން ބައެއް ރަށްރަށުގެ ޒުވާނުންގެ މަރުކަޒުތައް ހިންގަވަން އުޅުއްވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި އަމަލީ ގޮތުން އުޅުއްވުމުގެ ކުރިން ފިއްޓޭ އަކީ ސީދާ ގޮތެއްގައި ސިޔާސީ ދާއިރާއިން ފެނުނު ބޭފުޅެއް ނޫނެވެ. އެކަމަކު އެ ކެމްޕޭންގައި ހުޅުމާލޭގައި އެންމެ އިސް އެއް ހަރަކާތްތެރިޔަކީ ފިއްޓޭ އެވެ. ރާއްޖޭގެ އެއްވެސް ހިސާބަކުން ކުރިމަތިނުވާ ވަރުގެ ފިއްތުންތަކެއް، އެޗުޑީސީގެ މުވަައްޒަފުންގެ ފަރާތުން ކުރިމަތިވިޔަސް، އެ ކެމްޕޭންގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށެވެ. މިއީ އިންތިހާބެއްގައި ފިއްޓޭ ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ރަށްރަށުގައި ޔޫތު ސެންޓަރުތައް ގާއިމްކުރަން ފެށި ދުވަސްވަރު ފިއްޓޭ އަކީ ޒުވާނުންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ޒުވާނުންގެ ސެންޓަރުތައް ރަނގަޅަށް ހިނގައިގަތުމުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް، އެކި ރަށްރަށުގައި ހުންނަވައިގެން ކުރެއްވި އެވެ. ޒުވާނުންނާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔަ އެވެ. އޭގެ އިތުރުން ވިނަރެސް ޖަމިއްޔާގެ ރައީސްކަން ކުރެއްވި އެވެ.

ދާއިރާގެ ރައްޔިތުންގެ އަބަދުވެސް ފެންނާނެ އެވެ. ބައްދަލުވާނެ އެވެ. އަޑުއިވޭނެ އެވެ. އަޑުއިއްވާނަމެވެ. މިއީ ފިއްޓޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނަށް ދެއްވާ މެސެޖްތަކެވެ.

Featured Candidates

އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

16 23.03.2019

"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް

65 22.03.2019

މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް

102 22.03.2019

ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

47 22.03.2019

ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

53 21.03.2019

ފްލެޓް ފޯނު ކޯލުގެ މައްސަލަ އޭސީސީގެ ސަމާލުކަމަށް

15 20.03.2019

ބޯހިޔާވަހިކަމުގެ ޔަގީންކަން، ސަރުކާރު ކޮބާ؟

30 20.03.2019

އަނިޔާ އާއި ފުރައްސާރައިގެ ވާހަކަތައް އަހަން ފެށީ ބާ؟

16 20.03.2019