ފިޔޯރީ މީހުން އޭނާ ދަންނަނީ އަބްދު ބެއްޔާގެ މުޚުތާރުގެ ގޮތުގަ އެވެ. އޭނާ ވަނީ ގދ. އަތޮޅު ކައުންސިލްގައި އެ ދާއިރާ ތަމްސީލު ކުރައްވައިފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުގައި 15 އަހަރު މަސައްކަތް ކުރެއްވި އެވެ.
ފިޔޯރީ މީހުން އޭނާ ދަންނަނީ އަބްދު ބެއްޔާގެ މުޚުތާރުގެ ގޮތުގަ އެވެ. އޭނާ ވަނީ ގދ. އަތޮޅު ކައުންސިލްގައި އެ ދާއިރާ ތަމްސީލު ކުރައްވައިފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުގައި 15 އަހަރު މަސައްކަތް ކުރެއްވި އެވެ.
މުޚުތާރު ސިޔާސީ މަސައްކަތަށް ނުކުންނަވައި ސިޔާސީ މަގާމެއް ފުރަތަމަ ކާމިޔާބުކުރެއްވީ 2011 ގަ އެވެ. އެ އަހަރު ގދ. އަތޮޅު ކައުންސިލަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުގެ ގޮތުގައި އިންތިހާބުވެވަޑައިގެން އެއް ދައުރު ފުރިހަމަކުރެއްވި އެވެ. އޭގެ ފަހުން އޭނާ އިސްކޮށް އުޅުއްވީ ޖުމްހޫރީ ޕާޓީގަ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އެކި ޕާޓީތަކަށް މީހުން ބަދަލުވަމުން ދިޔަ އިރު ވެސް މުޚުތާރު ދެމިހުންނެވީ ޖޭޕީގަ އެވެ. އެގޮތުން ޖޭޕީގެ ކައުންސިލް މެމްބަރެއްގެ މަގާމު އަދާކުރެއްވި އެވެ.
އިޖުތިމާއީ ގޮތުން މުޚުތާރު ކުރައްވާފައިވާ މަސައްކަތްތައް ގުޅިފައި ވަނީ އަތޮޅު ކައުންސިލަރެއްގެ ގޮތުގައި ކުރެއްވި ކަންކަމާ އެވެ. އެގޮތުން ރަށުގައި ތިބެެގެން އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭނެ މަގު ދާއިރާގެ ރައްޔިތުންނަށް ފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލްތައް ބާރުވެރިކުރުވަން ކުރެއްވި މަސައްކަތްތަކަކީ ވެސް މުޚުތާރު ދެކެވަޑައިގަންނަވާ ގޮތުގައި އިޖުތިމާއީ ޚިދުމަތެކެވެ.
ދާއިރާގެ ރައްޔިތުންނަށް މުޚުތާރު ދެއްވާ މެސެޖަކީ އޭނާ އަކީ މަގުސަދުތަކެއް އޮވެގެން، ވަކި މިސްރާބަކަށް މަސައްކަތް ކުރައްވަން ކުރިމަތިލައްވާ ކެންޑިޑޭޓެއް ކަމެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމާއި ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް ތަފާތު ނައްތާލުމަކީ ވައުދެކެވެ. އޭނާ މަސައްކަތް ކުރައްވާނީ ދާއިރާގެ ޒުވާނުންނަކީ ފުދުންތެެރި ބަޔަކަށް ހަދައި އަންހެނުން ބާރުވެރިކުރުވުމަށެވެ.