ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Shahudhy

Hanimaadhoo Dhaairaa Haa Dhaalu Atoll

ޕްރޮފައިލް

ޝަހުދީގެ ހިދުމަތް ފެށިގެން އައީ ހަނިމާދޫ ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން އޭނާ ވަނީ ހަނިމާދޫ ޕޯސްޓް އޮފީހާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެސިސްޓެންޓް އޮޕަރޭޓިން އޮފިސަރުގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ މަތީ ތައުލީމު ހާސިލްކުރެއްވީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑާޝިޕްގެ ދާއިރާއިންނާއި ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިންނެވެ.

ސިޔާސީ ހަޔާތް: ޝަހުދީގެ ސިޔާސީ ހަޔާތް ފެށިގެން އައީ 2013 ގައި އޮތް ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކާމިޔާބު ކޮށްދެއްވަން އުޅުއްވި ހިސާބުންނެވެ. އޭގެ އަނެއް އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ހަނިމާދޫ ދާއިރާގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގަތެވެ. ޝަހުދީއަކީ ވެސް އިދިކޮޅާ ގުޅިވަޑައިގަތުމުން، މަޖިލިހުގެ މެމްބަރުކަން ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ. އެހެންކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދެ އަހަރު އޭނާއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެވަޑައިގަތެވެ.

ހަނިމާދޫގެ އިޖުތިމާއީ ދާއިރާގައި ޝަހުދީގެ ދައުރު ބޮޑެވެ. އެގޮތުން ރަށްކުރިއަރުވާ ކޮމެޓީގެ މެމްބަރުކަމާއި އެ ކޮމެޓީގެ ނައިބު ރައީސްކަން ކުރެއްވި އެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ސެކްރެޓަރީގެ މަގާމާއި އެ ޖަމިއްޔާގެ ރައީސްކަމުގެ ޒިންމާ ވެސް އުފުއްލެވި އެވެ.

ޝަހުދީ ވިދާޅުވަނީ އޭނާ "އަބަދުވެސް އިސްކުރާނީ އިސްލާމް ދީނާއި ގައުމު" ކަމަށެވެ. ދެން އޮތީ ހަނިމާދޫ އެއާޕޯޓަކީ ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ އަޒުމެވެ.

Featured Candidates