ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Abdul Ghafoor Moosa

Hanimaadhoo Dhaairaa Haa Dhaalu Atoll

ޕްރޮފައިލް

ހދ ފިނޭއަށް އުފަން ޢަބްދުލް ޣަފޫރު މޫސާ ސާނަވީ ތައުލީމް ހާސިލްކުރެއްވީ އީޕީއެސް ސްކޫލުންނެވެ. އޭގެ ފަހުން ސިފައިގެއަށް ވެންނެވި ގޮތަށް 2009 އާ ހަމައަށް އެމްއެންޑީއެފްގައި އައީ މަސައްކަތްކުރައްވަމުންނެވެ. އޭނާ އެންމެ ބޮޑަށް ފެންނާނީ އޭރުގެ ރައީސްގެ ބޮޑީގާޑުގެ ގޮތުގަ އެވެ. މެދުކެނޑުމެއް ނެތި 21 އަހަރު ސިފައިންގެ ވަޒީފާގައި އުޅުއްވުމަށް ފަހު ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވިއިރު ހުންނެވީ ފަސްޓް ލެފްޓިނެންޓްގެ މަގާމުގަ އެވެ. އޭނާ ވަނީ ވިޔަފާރީގެ ދާއިރާއިން ބްރިޓިޝް ސްކޫލް އޮފް ކޮމާސްއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އޭނާ ގެންދަވަނީ ކުރިންސުރެ ވިޔަފާރީގެ ތެރޭގައި އުޅުއްވަމުންނެވެ.

ސިފައިންގެއިން ވަކިވުމަށް ފަހު އޭނާ ސީދާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގަ އެވެ. އޭނާ ކުޅުދުއްފުށީ އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވި އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ އޭގެ ފަހުންނެވެ. ދެ ވަނަ ދައުރަކަށް 2014 ގައި ވާދަކުރެއްވީ އެމްޑީޕީ ޓިކެޓްގަ އެވެ.

ގަފޫރު ފާހަގަކުރެވެނީ ރައްޔިތުންގެ މަޖިލިހުގައި ކެރިގެން ވަކާލާތު ކުރައްވާ މެމްބަރުންގެ ތެރޭގަ އެވެ.

މިފަހަރު ގަފޫރު ނުކުންނަވަނީ އޭނާގެ އުފަން ރަށް ވެސް ހިމެނޭ ހަނިމާދޫ ދާއިރާއަށެވެ.

އުފަން ރަށާއި އެހެން ރަށްރަށުގެ ކްލަބު ޖަމިއްޔާތަކުން ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ހިންގާ ތަފާތު ހަރަކާތްތަކުގައި ގަބޫރު އަބަދުވެސް އެހީތެރިވެދެއްވަ އެވެ. ތައުލީމާއި ތަރައްޤީގައި ކުރާ ގިނަ ކަންތައްތަކުގައި ގެންދަވަނީ މާލީ ގޮތުން އެހީވަމުންނެވެ.

"ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ދެ ގޮތެއް ނުވެ ހުންނާނަން،" ގަފޫރު ވިދާޅުވި އެވެ.

ހަނިމާދޫ ހިމެނޭ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ޔޫރަޕުން ސީދާ ފްލައިޓްތައް އާދެވޭ ގޮތަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން މަސައްކަތް ކުރެއްވުން ވެސް ވަނީ އޭނާގެ މެސެޖްގައި ހިމަނުއްވައިފަ އެވެ.

Featured Candidates