ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ali Shah

Fuvamulak Uthuru Dhaairaa Fuvahmulah City

ޕްރޮފައިލް

އަލީ ޝާހު އަކީ މިހާރު ވެސް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރެވެ. މަޖިލިހަށް ހޮވިވަޑައިގަތުމުގެ ކުރިން ފުވައްމުލަކު އަތޮޅު ކައުންސިލް މެންބަރުކަން ވެސް ކުރެއްވި އެވެ.

ފުވައްމުލަކު އެމްޖޭއެމް ސްކޫލުގެ ފުރަތަމަ ކެޕްޓަންގެ ގޮތުން އޭރު ދަރިވަރުންގެ ތެރޭގައި މަޝްހޫރުވި ޝާހު މަތީ ސާނަވީއަށް ކިޔަވާވިދާޅުވި އިރު ކަންކަމުގައި ހަރަކާތްތެރި އެވެ. މިހާރު އޭނާ ވަނީ އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ޝާހަށް ވަނީ ވަރަށް ހިތި ތަޖުރިބާތަކެއް ވެސް ކުރައްވައިފަ އެވެ. އެގޮތުން އޭނާ އަކީ ޕީޕީއެމުން ވަކިވެވަޑައިގެން އޭރުގެ އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމުން، މެމްބަރުކަން ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެއް މެމްބަރެވެ. ޖުލައި 2017 ގައި ކުރިމަތިވި އެ މައްސަލަގަނޑަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަންނަވަންދެން އުޅުއްވީ، ހައްގުތައް ހޯއްދެވުމުގަ އެވެ.

ޝާހު ގަބޫލުކުރައްވާ ގޮތުގައި އޭނާއަކީ އިސްލާހީ މަސައްކަތުގައި އުޅުއްވުމުން އަނިޔާ ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު ވެސް އޭނާގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ އެވެ. އަދި މިހާރު ދެކެވަޑައިގަންނަވަނީ އަމިއްލަ ގޮތުން ވާދަކުރެއްވުން މި ވަގުތަށް މާ ފައިދާ ބޮޑު ކަމަށެވެ. ހަލަބޮލިކަމާއި ބަދަލު ހިފުމުގެ ވިސްނުން އޭނާ ގަބޫލެއް ނުކުރައްވަ އެވެ. އަދި ރައްޔިތުންނަށް ތަރައްގީ ގެނެސްދޭ ހުރިހާ ކަމަކަށް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދެއްވުމަކީ ސިޔާސީ މަސައްކަތް ކަމަށް ވެސް ދެކެވަޑައިގަނެ އެވެ.

އިޖްތިމާއީ ގޮތުން ކުޅިވަރުތަކަށް ޒުވާނުން ނެރުމުގައި ޝާހު މަސައްކަތްކުރެވި އެވެ. އަދި ވަކިވަކި ޖަމިއްޔާތަކާ ގުޅިގެން ވެސް ޒުވާނުންނަށް ބޭނުންވާ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވި އެވެ. މީގެ އިތުރުން ރަށުގައި ހުރި އިޖްތިމާއީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރެއްވުމުގައި ލިޔުންތައް ލިޔެ އުޅުއްވި އެެވެ.

ފުވައްމުލަކު ރައްޔިތުންނަށް އަދިވެސް ހައްގު މިންވަރު ނުލިބެ އެވެ. އެކަން ހާސިލްކުރަން މަޖިލިހުގައި އިލްމީ އަދި ގާބިލު މީހަކު ފުވައްމުލަކުގެ ރައްޔިތުން ތަމްސީލްކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. "އެ މީހަކީ އަޅުގަނޑު" ކަމަށް ވެސް ވިދާޅުވި އެވެ.

Featured Candidates

އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

16 23.03.2019

ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

10 23.03.2019

"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް

65 22.03.2019

މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް

102 22.03.2019

ހަދިޔާގެ ނަމުގައި ވިއަސް ރިޝްވަތު ހަރާމް ވާނެ

2 22.03.2019

ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

47 22.03.2019

ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

53 21.03.2019

އިންތިހާބީ ޝަކުވާގެ ގަވައިދަށް އަމަލުކުރަން ފަށައިފި

0 21.03.2019