ކުރިން ދިވެހިރާއްޖޭގެ އަޑުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ޔޫނުސް ވަނީ ޕަބްލިކް ވޯކްސްގެ ސެކެޓްރީ ޖެނެރަލް ކަމާއި ރިޔާސީ ގަނޑުވަރުގެ ޑިރެކްޓަރު ކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން ޕްރައިވެޓް ސެކްޓަރުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެވަޑައިގެން ލޯންޗް ސެކްޝަނެއްގެ މެނޭޖަރުކަމާއި އެކައުންޓެންޓްގެ މަގާމުގެ އިތުރުން އޮޕަރޭޝަނަލް މެނޭޖަރުކަން ފަދަ މަގާމުތައް އަދާކުރެއްވި އެވެ.
ޔޫނުސް އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ނ. އަތޮޅުގެ ނައިބު ރައީސް ކަމާއި އެ މަޖިލީހުގެ މަނަދޫ ދާއިރާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ޓްރާންސްޕޯޓް ކޮމެޓީގެ މެމްބަރުކަން ކުރެއްވިއިރު، 2013 ގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެމްޕެއިން އޮގަނައިޒިން ކޮމެޓީގެ މެމްބަރެއްގެ ގޮތުން ސިޔާސީ ގޮތުން ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. މިއީ އޭނާ ވާދަކުރައްވާ ފުރަތަމަ އިންތިހާބެވެ.
ޔޫނުސް އަކީ މިލަދޫގެ ހިދާޔާ ސްކޫލްގެ އިސް ދަރިވަރުންގެ ޖަމިއްޔާގެ ފައުންޑަ މެމްބަރެކެވެ.
"ރައްޔިތުންނަށް ފައިދާ ހުރި ގާނޫނުތަކެއް މަޖިލިސް ތެރެއިން ފާސްކުރުމަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި އެ ގާނޫނުތަކަށް އާ ބަސް ބުނެ، ފެހި ބަޓަނަށް ފިއްތާލުމުގެ ހިތްވަރު ހުންނާނެ،" ޔޫނުސް ވިދާޅުވި އެވެ.