ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Hamdhaan

ޕްރޮފައިލް

މާލެއަށް އުފަން މުހައްމަދު ހަމްދާން މީގެ ކުރިން މަސައްކަތްކުރެއްވީ އޭވިއޭޝަން އާއި ޓޫރިޒަމްގެ ދާއިރާގަ އެވެ. މިހާރު އޭނާ އުޅުއްވަނީ ކަނޑު ދަތުރުފަތުރުގެ ހިދުމަތްތަކުގަ އެވެ.

ހަމްދާންގެ ސިޔާސީ ހަޔާތް ފުރަތަމަ ވެސް ފެށިގެން މިއައީ ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ޑިމޮކްރަސީގެ ޅަފަތާއި ފިރުކެން ފެށިގެން މިއަދާ ހަމައަށް ގައުމުގެ މަސްލަހަތާއި އަމާންކަމާއި ރައްޔިތުންގެ ހާލަތާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެ ހާލަތު ބަދަލުކުރެވޭނީ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ބަސްބުނެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މުޖުތަމައުގެ އާއްމު ހާލަތު ބަދަލުކުރަން އޭނާގެ ގާބިލްކަމާއި ފުދުންތެރިކަން ތަންދޭ މިންވަރަކުން ބައިވެރިވަމުން ގެންދެވި އެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުކަން ކުރެއްވި އެވެ. އެގޮތުން އެއީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އޭނާ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

ދާއިރާގެ ރައްޔިތުންގެ ހައްގުގައި ހަރަކާތްތެރިވެ، ޖަވާބުދާރީވާން އޭނާ ހުންނެވީ ތައްޔާރަށެވެ.

"އަޅުގަނޑަށް ދޭ ވޯޓަކީ، ދާއިރާގެ ތައުލީމާއި ސިއްހީ ދާއިރާ ރަނގަޅުކޮށް ނުކުޅެދޭ މީހުންގެ ހައްގު ހޯދައި، ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދޭން އަޑުއުފުލައިދޭން ދޭ ވޯޓެއް،" ހަމްދާން ވިދާޅުވި އެވެ.

Featured Candidates