ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Aishath Rafiyya (Dr. Rafee)

ޕްރޮފައިލް

ޑރ. އައިޝަތު ރަފިއްޔާ (ޑރ. ރަފީ) އަކީ ސިޔާސީ ދާއިރާ އާއި އިޖުތިމާއީ ދާއިރާގައި ނަމޫނާ ބޭފުޅެކެވެ. އޭނާގެ ސިޔާސީ ޚިދުމަތްތައް ވަރަށް ގިނަ އެވެ. ހަމައެހެންމެ، އިޖުތިމާއީ ރޮނގުން ވެސް އޭނާ އަކީ ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. މަތީ ތައުލީމަށް ކިޔަވާ ވިދާޅުވުމަށް ފަހު އޭނާ ގެންދަވަނީ މި ދެ ރޮނގުގައި ވެސް ފައިތިލަ ސާބިތު ކުރައްވައި ނަމޫނާ ދައްކަވަމުންނެވެ. ފަހަތަށް ބެއްލެވުމެއް ނެތި، އަދި އަންހެން ބޭފުޅަކަށް ވެ، އޭނާ ހުންނެވީ ސާބިތުކަން މަތީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދަކުރައްވަނީ، މިހާރަށް ވުރެ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވެން އޮތީ އެހެންވެ ކަމަށް ވާތީ އެވެ.

ރަފިއްޔާ އަކީ ތަފާތު އެކި ރޮނގުތަކުން 18 އެވޯޑެއް ހޯއްދަވައިފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ހިލޭ ސާބަހަށް ނުވަތަ ދަރުމަވެރި މަސައްކަތް ކުރުމުގެ ދާއިރާގައި 22 އަހަރުގެ ޚިދްމަތަށް ޒުވާނުންގެ ގައުމީ އިނާމު ވެސް ހިމެނެ އެވެ.

އޭނާ އަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ވަރުގަދަ އެއް ކުންފުނި، ސަން ސިޔާމް ގުރޫޕުގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުންނެވި ބޭފުޅެކެވެ.

މާފަންނު ހުޅަނގު ދާއިރާ އަށް ރަފިއްޔާ ކުރިމަތި ލައްވަނީ އެމްޑީއޭގެ ޓިކެޓްގަ އެވެ.

ރަފިއްޔާ ރާއްޖެއިން ކިޔަވާ ވިދާޅުވީ މާފަންނު މަދަރުސާ އާއި މަދަރުސަތުލް ފަލާހު، އިސްކަންދަރު ސްކޫލު، ތާޖުއްދީން ސްކޫލު، އަމީނިއްޔާ އަދި ސައިންސް އެޑިއުކޭޝަން ސެންޓަރުންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޝަން ކޮލަމްބޯ އާއި މެލޭޝިޔާގެ ހެލްޕް ޔުނިވާސިޓީ އާއި ބަންގްލަދޭޝްގެ އިންޑިޕެންޑެންޓް ޔުނިވާސިޓީން ވެސް މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ސިންގަޕޫރާއި ލަންޑަންގެ ގްރެޖުއޭޓް ސްކޫލާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކެމްބަރާ އާއި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ވެސް ތައުލީމް ހޯއްދަވައިފަ އެވެ.

ރަފިއްޔާ ވަނީ ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ބިސްނަސް އިންފޮރމޭޝަން ސިސްޓަމްސް އިން އޮނާރސް ޑިގްރީ ޙާޗިލުކުރައްވާ 2 ރޮނގަކުން މާސްޓާރސް ނަންގަވާފައެވެ.

ރަފިއްޔާ ވަނީ 2014-2019 އަށް އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އަދި އޭނާ އަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއެއްގެ ފުރަތަމަ އިންތިޚާބީ އަންހެން ޑެޕިއުޓީ ލީޑަރެވެ. އަދި ސިޔާސީ ޕާޓީ އެމްޑީއޭގެ އެއް ފައުންޑާ މެމްބަރެވެ. އޭގެ ކުރިން ޕީއޭގެ ކައުންސިލް މެމްބަރު ކަމާއި އަންހެނުންގެ ގޮފީގެ ރައީސްކަން އޭނާ ކުރެއްވި އެވެ.

ސިޔާސީ ދާއިރާ އަށް ރަފިއްޔާ ނުކުމެވަޑައިގަތީ 2009 ގަ އެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި އޭނާ ގެންދަވަނީ ސިޔާސީ މަސައްކަތްތަކުގައި އުޅުއްވަމުން ޚާއްސަކޮށް އަންހެނުން، ޒުވާނުން އަދި ކުޑަކުދިންގެ ޙައްގުތަށް ހިމާޔަތްކުރުމަށްޓަކައި އެކި ޕޯޑިއަމް ތަކާއި ފޯރަމް ތަކުގައި އަޑުއުފުއްލަވަމުންނެވެ. މިހާރު އޭނާ އަކީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރެވެ. ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމެއްގައި ހުންނެވި ހަމައެކަނި އަންހެން ބޭފުޅާ އަށެވެ.

މީގެ އިތުރުން ރަފިއްޔާވަނީ 2015އިން 2018އަށް މާލޭ ސިޓީގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެމްބަރުކަމާ، އެމްޑީއޭގެ ކޮންގްރެސް ވިލަރެސް ކުރާ ކޮމިޓީގެ ޗެއާޕާސަންކަމާއި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ލަފާ ދޭ ކޮމެޓީގެ ވެސް މެމްބަރުކަންވެސް ކުރައްވާ ސިޔާސީ ތަޖްރިބާ ހޯއްދަވާފައެވެ.

ރަފިއްޔާގެ އިޖުތިމާއީ ޚިދުމަތްތައް ވަރަށް ގިނަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ރާއްޖެއާއި ބޭރުގެ އެކި ޖަމިއްޔާތަކަށް އޭނާގެ ހިދްމަތް ފޯރުކޮށްދީ ހާސިލް ކުރެއްވި ނަތީޖާ ވެސް ވަރަށް ފަޚުރުވެރި އެވެ.

އޭނާ އަކީ ރާއްޖޭގައި އުފެއްދި ފުރަތަމަ ބައިނަލްއަގުވާމީ ޖަމިއްޔާ "ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ގެ އެއް ފައުންޑާ މެމްބަރު، އަދި އެ ޖަމިއްޔާގެ ރައީސެވެ. މީގެ އިތުރުން ވިމެން އޮން ބޯރޑްސް (ވޮބް) ގެ ފުރަތަމަ ޗީޕް އޮޕަރޭޓިންގ އޮފިސާ (ސީއޯއޯ) އެވެ. އަންހެނުންގެ ހައްގުތަކަށް އެޑްވޮކޭޓް ކުރުމަށް ޓަކައި ބީބީސީން ބޭއްވި 100 ވިމެން ޑިބޭޓްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޓީމުގެ ލީޑަރުގެ އިތުރުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުން އަމިއްލަ ފުޓުބޯޅަ ޓީމް، އަދި 2012ގެ ޗެމްޕިއަން "ސަން ޓީމް"ގެ މެނޭޖަރު ކަން ވަނީ ކުރައްވައިފަ އެވެ. މީގެ އިތުރުން އިނގިރޭސި ރާނީ ދެއްވާ އެވޯޑު ލިބޭ ޒުވާނުންގެ މެންޓޯ ޕެނަލް އަށް ހޮވުނު ފުރަތަމަ ދިވެއްސެއްގެ ޝަރަފާއި ނިއުޔޯކްގެ ސްކޫލް އޮފް ސައިންސަސްގެ ސްޓެމް ސްކޮލާސް ޕްރޮގްރާމް "1000 ގާލްސް 1000 ފިއުޗާ" ޕްރޮގްރާމްގެ މެންޓޯއަކަށް ވެސް ރަފިއްޔާ ވަނީ ހޮވިފަ އެވެ.

ރަފިއްޔާއަކީ ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓް އޮޕް ޕަބްލިކް އެޑްމިނިސްޓްރޭޓާރސްއިން ދެކުނު އޭޝިޔާއަށް ފުރަތަމަ އަށްޔަނުކުރެވުނު ހޮނޮރަރީ ޕްރެޒިޑެންޓެވެ. އަދި ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ އިންޓަނޭޝަނަލް ޔޫތް ކޮމިޓީ (އައި.ވައި.ސީ)ގެ ނާއިބު ރައީސާއެވެ.

ރަފިއްޔާ އަކީ ފަސްބައިގައި ކިލަނބު ކަމެއް ނެތް، ތައުލީމީ އަދި ރައްޔިތުންގެ މަޖިލީހަށް އެންމެ ގާބިލް ބޭފުޅެކެވެ. އޭނާ އަކީ ރައްޔިތުންގެ ގާތުން މަސައްކަތްކުރެއްވުމުގައި ދެމިހުންނެވި އަދި ނަތީޖާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަފިއްޔާ މަޖިލީހަށް ނުކުމެ ވަޑައިގަތީ ވައުދުތަކަކާ އެކު އެވެ. އޭގެ ތެރޭގައި އަންހެނުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވަކާލާތުކޮށްދެއްވުމާއި އެކަނިވެރި މައިންނާއި ދަރިންގެ ހައްގުތައް ހިމާޔަތް ކުރުމާއި އޭގެ ތެރެއިން ކޯޓުގައި ނުނިމިހުރި ޚަރަދުގެ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވުން ހިމެނެ އެވެ.

މީގެ އިތުރުން ދިރާސީ އާ އަހަރަށް ޚަރަދު ކުޑަކުޑަކުރުމަށް ޓަކައި "ސްކޫލު ސްޓާޓަޕް" އިނާޔަތެއް ތައާރަފުކޮށްދެއްވުމާއި ދުނިޔޭގެ ފެންވަރުގެ ސެން ކުލާހެއް ގާއިމް ކޮށްދިނުމާއި މާފަންނުގައި އޭލެވެލް އަށް ކިޔެވުމުގެ ފަހިކޮށްދިނުމާއި ޕްލޭ ސްކޫލާއި ޕްރީ ސްކޫލުތަކަކީ ދައުލަތުން ހިންގާ ތަންތަނުގެ ގޮތުގައި ކަނޑައެޅުން ވެސް ހިމެނެ އެވެ. އެކި ކުށްތަކުގެ ތަހްގީގު މަރުހަލާގައި އެއްވެސް ހުކުމެއް ނުކޮށް ދިގުލައިފައިވާ ފަރުދުންގެ ހައްގު ހިމާޔަތްކޮށްދިނުމަށް ވަކާލާތު ކޮށްދިނުމަށެވެ. އަދި ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި އިސް ރައްވެހިންނަށް އިނާޔަތް ހޯދައިދޭން މަސައްކަތް ކޮށްދެއްވުން ވެސް ހިމެނެ އެވެ.

Featured Candidates