ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Imthiyaz Fahmy

ޕްރޮފައިލް

ރައްޔިތުންގެ މަޖިލީހުގައި މާފަންނު އުތުރު ދާއިރާ 2009 އިން ފެށިގެން ތަމްސީލުކުރައްވަމުން ގެންދަވާ އިމްތިޔާޒް ފަހުމީ (އިންތި) އަކީ ސިޔާސީ ހަރަކާތްތެރިއެއްގެ އިތުރުން ގާނޫނީ ވަކީލެއް ވެސް މެ އެވެ. އަމިއްލަ ލޯ ފާމެއްގައި މަސައްކަތްކުރުމުގެ ކުރިން ސަރުކާރުގައި އުޅުއްވި އެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅުންތަކެއްގެ އާއިލާއަކަށެވެ. އާންމުންނަށް އިންތި އެންމެ ފުރަތަމަ މަޝްހޫރުވީ ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ.

އިންތި އަކީ 2005 ގައި އެމްޑީޕީ އުފެދުމާ އެކު އެ އެމްޑީޕީގެ މެމްބަރެކެވެ. ޕާޓީގެ އެތެރޭގެ ހުރިހާ މުހިއްމު ގުނަންތަކެއްގައި އިންތި އުޅުއްވި އެވެ. އަދި އެ ޕާޓީގެ ތަރުޖަމާނަކީ ވެސް އޭނާ އެވެ. ހާއްސަކޮށް މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް އެންމެ ބޮޑު ހިދުމަތެއް ކުރައްވަމުން ގެންދަވާ އެއް މެމްބަރަކީ އިންތި އެވެ.

އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުކޮށް ޖަލަށް ލި ގިނަ ބައެއްގެ ގާނޫނީ ވަކީލެއްގެ ގޮތުން އިންތި އެހީތެރިކަން ފޯރުކޮށްދެއްވީ ހިލެ އެވެ. އެއީ މަދަނީ ނުވަތަ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރައްވަން ބަހައްޓަވާ ޝައުގެއްގެ ބޮޑުކަމުންނެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތް ފަހުން ހާއްސަކޮށް ދާއިރާގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އެކި ގޮތްގޮތުން އޭނާ ގެންދަވަނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

އިންތި ގަބޫލުކުރައްވަނީ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި، ހިޔާލު ފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތައް ކުރިއަރުވައި ދިފާއުކޮށް، އަދުލު އިންސާފުގެ ނިޒާމު އިސްލާހުކޮށްގެން މެނުވީ ދިވެހިން ބޭނުންވާ ބަދަލެއް ނުގެނެވޭނެ ކަމަށެވެ. ކޯޓުތައް މިނިވަންކުރުމުގެ އެންމެ ގަދަ އަޑަކަށް އޭނާ އަބަދުވެސް ވެވަޑައިގަންނަވާނޭކަމުގެ ޔަގީންކަން ދެއްވަ އެވެ.

Featured Candidates