ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Mohamed Didi

Fuvamulak Medhu Dhaairaa Fuvahmulah City

ޕްރޮފައިލް

ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުސައިން މުހައްމަދު ދީދީ ވަނީ ގިނަ ކުންފުނިތަކެއްގައި އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި ވެސްޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުކަމާއި ކްރޯ މޯލްޑިވްސްގެ ޕާޓްނަރުކަން ހިމެނެ އެވެ. ފްރީގައިސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑުގެ ހެޑް އޮފް ފައިނޭންސް އާއި ޔޫރޯ މާކެޓިންގެ އެކައުންޓެންޓެއްގެ ވަޒީފާ ވެސް އޭނާ އަދާކުރެއްވި އެވެ.

ހުސައިން މުހައްމަދު ވަނީ މިދިޔަ ރިޔާސީ އިންތިޚާބު ގުޅިފައިވާ ކޯލިޝަނަށް ކާމިޔާބު ކޮށްދިނުމުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފުވައްމުލަކު ސިޓީ ކައުންސިލް އިންތިޚާބުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ފުވައްމުލަކުގައި އޭނާ ގެންދަވަނީ އިޖުތިމާއީ ބައެއް ހަރަކާތްތަކުގައި ކުރިންސުރެ ފެށިގެން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ފުވައްމުލަކު ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި އުފެއްދި ގާޑިއަން އެސޯސިއޭޝަންގެ އެއް ބާނީއަކީ ވެސް އޭނާ އެވެ.

ހުސައިން ގަބޫލްކުރަައްވާ ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މި ވަގުތު އޮތް އެންމެ މުހިންމު ކަމަކީ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއް އުފެއްދުމެވެ.

"ދައުލަތުގެ އެހެން ނިޒާމްތައް ފަސާދަވެ ތަރުތީބު ގެއްލެނީ މަޖިލިސް ފަސާދަވުމުން. މަޖިލީހަކީ ޒާތީ ތައައްސުބުން އެއްކިބާވެ، ގައުމީ ކަންކަމުގައި ސަރުކާރަަށް އެއްބާރުލުންދީ، މަގުން ކައްސާލައިގެންދާ ހިނދު، ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ފަރާތް،" އޭނާ ވިދާޅުވި އެވެ.

Featured Candidates