ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ibrahim Mamnoon

ޕްރޮފައިލް

ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިކޮށް އުޅުއްވާ މަމްނޫން ސިޔާސީ ދާއިރާއަށް ނުކުންނެވުމުގެ ކުރިން އޭނާއަކީ ސިވިލް ސާވަންޓެކެވެ. އޭގެ އިތުރުން އޭނާއަކީ އިޖުތިމާއީ ގޮތުން ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް މަމްނޫން ފުރަތަމަ ނުކުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި 2013 ވަނަ އަހަރެވެ. ނަމަވެސް ފަހުން އޭނާ ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ސިޔާސީ ހަޔާތް ފެއްޓެވި މަމްނޫނަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަށް އާ ބޭފުޅެއް ނޫނެވެ. އޭނާ ވަނީ 2014 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކާމިޔާބުކުރައްވައިފަ އެވެ. އޭރު އޭނާ ހިމެނުނީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގަ އެވެ.

އިޖުތިމާއީ ގޮތުން މަމްނޫން ތަފާތު ކަންކަން ކުރައްވަ އެވެ. އެގޮތުން ޑަޔަބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސްގައި ބައިވެރިވެވަޑައިގެން، ހަކުރުބައްޔަށް މީހުން ހޭލުންތެރިކުރުވާށާއި އެބަލީގެ މީހުންނަށް އެހީތެރިކަން ދިނުމަށް ނުވަ އަހަރު މަސައްކަތް ކުރެއްވި އެވެ.

"ޕާޓީއެއްގެ ޓިކެޓްގައި ނުކުތަސް، ޕާޓީއަށް ވުރެ އިސްކުރާނީ ގައުމީ މަސްލަހަތު،" މަމްނޫން ވިދާޅުވި އެވެ.

"ގައުމަށް ގެއްލުންވާ ފަދަ ގޮތަކަށް ޕާޓީ ވިޕްލައިން ނެރުނަސް އެއަށް ތަބައެއް ނުވާނަން."

Featured Candidates