ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Nasir

ޕްރޮފައިލް

ތ.ގުރައިދޫ ދާއިރާގެ ގާދިއްފުއްޓަށް އުފަން ނާސިރު ސާނަވީ ތައުލީމު ހާސިލުކުރެއްވީ އީޕީއެސްއިންނެވެ. އެއަށް ފަހު އޭނާ ވަނީ ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުގައި އިންޖިނިއަރިންގެ ދާއިރާ އިން ކިޔަވާ ވިދާޅުވެފަ އެވެ. އިންޖިނިއަރެއްގެ ގޮތުގައި 12 އަހަރު ވަންދެން، 2008 އާ ހަމަޔަށް އުޅުއްވި އެވެ. މިހާރު މަސައްކަތްކުރައްވަނީ ޓޫރިޒަމް ދާއިރާއާ ގުޅޭ ވިޔަފާރިތަކެއްގަ އެވެ.

ނާސިރުގެ ސިޔާސީ ހަޔާތް ފެއްޓެވީ 2008 ގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހިސާބުންނެވެ. އޭގެ ފަހުން އެ ޕާޓީން ބާއްވާ ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން އުޅުއްވި އެވެ. ގުރައިދޫ ދާއިރާގެ ގޮތްޕެއް ކަމަށްވާ "އެއްކޮށްލި ގޮފީ"ގެ ރައީސްކަން 2016 އިން ފެށިގެން ކުރައްވަމުން ގެންދަވަނީ ނާސިރެވެ.

އިޖުތިމާއީ އެކި ކަންކަމުގައި އުޅުއްވުމަކީ ނާސިރުގެ އުފަލެކެވެ. ރަށު ފެންވަރުގައި ބާއްވާ ގިނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަނެ އެވެ. އަދި އޭނާ ވަނީ ގާދިއްފުށީ ޔޫތު މޫވްމެންޓް ޖަމިއްޔާގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ.

ނާސިރު ވިދާޅުވާ ގޮތުގައި އޭނާ އަކީ "ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭން ބަސް ބުނާ މީހެކެ"ވެ. އަދި އަމަލީ ގޮތުން އެކަންކަމުގައި އުޅުއްވާނެ އެވެ.

Featured Candidates

އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

16 23.03.2019

"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް

65 22.03.2019

މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް

102 22.03.2019

ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

47 22.03.2019

ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

53 21.03.2019

ފްލެޓް ފޯނު ކޯލުގެ މައްސަލަ އޭސީސީގެ ސަމާލުކަމަށް

15 20.03.2019

ބޯހިޔާވަހިކަމުގެ ޔަގީންކަން، ސަރުކާރު ކޮބާ؟

30 20.03.2019

އަނިޔާ އާއި ފުރައްސާރައިގެ ވާހަކަތައް އަހަން ފެށީ ބާ؟

16 20.03.2019