ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Manik Dhon Manik

ޕްރޮފައިލް

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސް ވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސެއިން މަނިކަކީ، ކުރިންސުރެ މަސް އެކްސްޕޯޓު ކުރުމުގެ ވިޔަފާރިވެރިއެކެވެ. އެކަން ފާހަގަކޮށް ސަރުކާރުން ވަނީ 2003 ގައި ގައުމީ އިނާމު ވެސް ދީފަ އެވެ. އެއާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގެ އިސް މަގާމުތަކެއް ވެސް އަދާކުރެއްވި އެވެ.

ސިިޔާސީ ދާއިރާގައި 1979 އިން ފެށިގެން ހުސެން މަނިކު ގެންދަވަނީ ސިޔާސީ ހަރަކާތްތެރިވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މިހާތަނަށް ފަސް ދައުރު މަސައްކަތްކުރެއްވި އެވެ. އެހެންކަމުން އޭނާ އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިިހުގައި އެހާ ގިނަ ދުވަހު އުޅުއްވި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ހެދި ދެ ގާނޫނުއަސާސީގެ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގަތެވެ.

ތ. އަތޮޅުގައި ހިންގާފައިވާ ގިނަ އިޖުތިމާއީ ކަންކަމުގައި ހުސެއިން މަނިކުގެ ހިއްސާ ބޮޑެވެ. ހޭދަކުރެއްވުމުގެ އިތުރުން އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަ އެވެ. ހާއްސަކޮށް އަމިއްލަ ރަށް، ގުރައިދޫގެ ހިންގާ ކަންކަމަށާއި މުބާރާތްތަކަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވަ އެވެ. އޭގެ އިތުރުން ދާއިރާގެ އެހެން ރަށްރަށަށް ވެސް އޭނާގެ އެހީތެރިކަން އޮވެ އެވެ.

އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ހުސެން މަނިކު ވިދާޅުވަނީ އޭނާގެ "ހިދުމަތްތައް މިހާރަށް ވުރެ ދެ ގުނަ ވެގެންދާނެ" ކަމަށެވެ.

Featured Candidates