މުލަކަށް އުފަން ނަސީރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ރަށަށް އައްޔަންކުރެއްވި ފުރަތަމަ ކައުންސިލަރެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ ކުރިން އެކި ރަށްރަށާއި އަތޮޅުތަކަށް އެމްޑީޕީ ސަރުކާރުން ކައުންސިލަރުން ލި އެވެ. އެގޮތުން ނަސީރު ވަނީ މުލަކުގެ ކައުންސިލަރުގެ މަގާމުގައި، ފުރަތަމަ ކައުންސިލް އިންތިހާބާ ހަމައަށް ހުންނަވައިފަ އެވެ.
އެމްޑީޕީ އުފެދުނީއްސުރެ ނަސީރަކީ އެ ޕާޓީގެ މެމްބަރެކެވެ. އެހެންކަމުން މިއަަދާ ހަމައަށް ވެސް އޭނާ އެ ހުންނެވީ ދެ ގޮތެއް ނުވެ، އެ ޕާޓީގެ ފިކުރުގަ އެވެ. އެމްޑީޕީ ސަރުކާރުން ސެންޓްރަލް ޔުޓިލިޓީސް ކުންފުނި ހެދިއިރު އެ ކުންފުނިގެ ޗެއާމަންކަން ކުރެއްވި އެވެ. ޕާޓީގެ މަސައްކަތުގައި އުޅުއްވަމުން، 2014 އައި އިރު ނަސީރު ވަނީ މުލަކު ދާއިރާގެ ވަރަށް ގިނަ ބައެއްގެ ރުހުން ހޯއްދަވައިފަ އެވެ. އެހެންކަމުން އޭނާ އެ އިންތިހާބު ކާމިޔާބުކުރެއްވި އެވެ.
ވިޔަފާރި ފަށަން އެތައް ޒުވާނުންނަކަށް އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް އެކި ގޮތްގޮތުން އެހީވި އެވެ. އޭގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ވެސް ނަސީރަކީ އިސް އެހީތެރިއެކެވެ.
އޭނާ އަކީ ރައްޔިތުންގެ މެމްބަރެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެ އުސޫލުންނެވެ.