ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Adam Shiham

ޕްރޮފައިލް

އާދަމް ޝިހާމް މަސައްކަތް ފެއްޓެވީ ގެސްޓް ފިހާރައެއްގެ ކޭޝިއަރެއްގެ ވަޒީފާ އިންނެވެ. އެގޮތުން މަޑުއްވަރީގައި ހުރި އެ ގެސްޓް ފިހާރައިގައި ނުވަ އަހަރު އުޅުއްވައިފަ އެވެ. އޭގެ ފަހުން ރަށުގައި އަމިއްލަ ފިހާރައެއް ހިންގެވި އެވެ. ލަނޑާ މަސްވެރިކަން ކުރުމަށް އަމިއްލަ ދޯންޏެއް ވެސް ދުއްވި އެވެ. މިހާރު އުޅުއްވަނީ މެރީންސް ނަމުގައި ހަދާފައިވާ ކުންފުނިން ފައިބަރު އުޅަނދު ބަނުމުގެ މަސައްކަތުގަ އެވެ.

ޝިހާމަކީ 2008 އިން ފެށިގެން އެމްޑީޕީގެ މެމްބަރެކެވެ. އަދި އޭނާއަކީ މަޑުއްވަރީ އެމްޑީޕީ ޒުވާނުންގެ ގުޅުމުގެ ރައީސް އެވެ. އެހެންކަމުން ޒުވާނުންގެ މެދުގައި އޭނާ މަޝްހޫރެވެ. އަދި ސިޔާސީ ކަންކަމުގައި ރަނގަޅަށް އުޅުއްވާނެކަމުގެ ޔަގީންކަން ރަށު ރައްޔިތުންނަށް އޮވެ އެވެ.

މަޑުއްވަރީ އެކުވެރިންގެ ކްލަބުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން އޭނާ އަކީ މަޑުއްވަރީ ޒުވާނުންގެ ކްލަބްގެ ރައީސް އެވެ. އެހެންކަމުން ރަށުގައި ހިންގާ އިޖުތިމާއީ އެކި ކަންކަމުގައި ޝިހާމްގެ ބައިވެރިވުން ބޮޑެވެ.

ދާއިރާގެ ރައްޔިތުންނަށް ޝިހާމް ދެއްވާ މެސެޖަކީ "ފެންނާނެ، އަޑުއަހާނެ އަދި އަޑު އިއްވާނަން،" މި އެވެ.

Featured Candidates