ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Abdul Ghanee Abdul Hakeem

Kurendhoo Dhaairaa Lhaviyani Atoll

ޕްރޮފައިލް

ކުރެންދު އަށް އުފަން އަބްދުލް ޣަނީ އެންމެ ފުރަތަމަ އަދާކުރެއްވީ ފުލްމޫން ރިސޯޓުގެ ޓްރެއިނިން މެނޭޖަރު ކަމެވެ. އޭގެ ފަހުން އަމިއްލަ މަސައްކަތް ފައްޓަވައި މިހާރު އެއީ މާލޭގައި އަންނައުނުގެ ވިޔަފާރިއަށް މަޝްހޫރު ފިހާރަތަކެއްގެ ވެރިޔާ އެވެ. ރޮމްބަސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ވިޔަފާރިއަށް ވަނީ ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ގެންނަވައިފަ އެވެ.

މީގެ ކުރިން ސިޔާސީ އެއްވެސް މަގާމެއް އަދާކުރައްވާފައެއް ނުވެ އެވެ. އަދި އެއްވެސް އިންތިހާބަކަށް ވެސް ކުރިމައްޗެއް ނުލައްވަ އެވެ. އެކަމަކު އަބްދުލް ޣަނީއަކީ 2009 އިން ފެށިގެން އެމްޑީޕީގެ މެމްބަރެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް އަބަދުވެސް ލޯބިކުރައްވާ އަބްދުލް ޣަނީ، އިޖުތިމާއީ ދާއިރާ އިން އެހީތެރިވެދެއްވަނީ ހަމައެކަނި އުފަން ރަށަށް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ބައެއް އެހެން ރަށްރަށުގެ ކްލަބް/ޖަމިއްޔާތަކަށް ވެސް އޭނާ ގެންދަވަނީ އެހީ ފޯރުކޮށްދެއްވަމުންނެވެ.

އަބްދުލް ޣަނީގެ މެސެޖަކީ މި އެވެ: "ދާއިރާގެ އަޑު އަހާ، އަޑު އުފުލާ، އެ އަޑު ފަސް ޖެހުމެއް، ލަސް ކުރުމެއް ނެތި މަޖިލިހުގައި އިއްވާނަން."

Featured Candidates