ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ali Ameez

Maamigili Dhaairaa Alif Dhaalu Atoll

ޕްރޮފައިލް

މާމިގިއްޔަށް އުފަން އަމީޒު މަސައްކަތް ކުރައްވަމުން އަންނަނީ ޓޫރިޒަމް ދާއިރާގަ އެވެ. މީގެ ކުރިން ރިސޯޓުގައި އުޅުއްވުމަށް ފަހު އޭނާ މިހާރު ވަޒީފާ އަދާކުރައްވަނީ އެ ރިސޯޓުގެ މާލޭ އޮފީހުގަ އެވެ. ރަށުގައި ގްރޭޑު 10އާ ހަމައަށް ކިޔެވުމަށް ފަހު މަސައްކަތުގެ މައިދާނަށް ނުކުންނަވައި، ހިއުމަން ރިސޯސަސްގެ ދާއިރާއިން ޑިގްރީ ފުރިހަމަކުރެއްވި އެވެ.

އަމީޒުގެ ސިޔާސީ ދާއިރާއަށް ވެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޖުމްހޫރީ ޕާޓީންނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރެއްވި އެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި ވެސް ބައިވެރިވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯއްދަވައިދެއްވަން އަމީޒު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ރަށުން ބޭރުގައި ދިރިއުޅުއްވި ނަމަވެސް ދާއިރާގެ ރައްޔިތުންނަށް އަބަދުވެސް އަމީޒުގެ އެހީތެރިކަން ލިބެ އެވެ. ޖަމިއްޔާތަކުން ކުރާ މަސައްކަތުގައި ބައިވެރިވެ، ހަރަކާތްތަކަށް އެހީތެރިކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާއިރާގެ ރައްޔިތުންނަށް ކުރިއެރުން ލިބޭނީ ސަރުކާރާ ގުޅިގެން. އެހެންވެ ބަދަލަކަށް މަސައްކަތްކުރަން ޖެހޭ،" އަމީޒު ވިދާޅުވި އެވެ.

Featured Candidates