އިސްލާމީ ޝަރީއަތާ ގާނޫނީ ދާއިރާ އިން މާސްޓާސް އަށް ކިޔަވާ ވިދާޅުވާ އަބްދުﷲ އަކީ މިހާރު ވެސް ގާނޫނީ ވަކީލެކެވެ. މީގެ އިތުރުން އިމާމުކަމުގެ ޑިޕްލޮމާ ވަނީ ހާސިލްކުރައްވައިފަ އެވެ. އުފަން ނައިފަަރުގައި އޭނާ އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މީގެ ކުރިން އަބްދުﷲ ވަނީ އަދާލަތު ފާޓީގެ ނައިފަރު ގޮފީގެ ރައީސްކަން ކުރައްވައިފަ އެވެ. ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާއަކީ ރާއްޖެ ޒަމާނީ ޑިމޮކްރަސީއަކަށް ހުޅުވެން ފެށި ދުވަސްވަރުން ފެށިގެން ވެސް ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅެކެވެ.
އިޖްތިމާއީ ދާއިރާގެ ޚިދުމަތްތެރިންގެ ތެރޭގައި އަބްދުﷲ ހިމެނެ އެވެ. އެގޮތުން ނައިފަރުގެ ޖަމިއްޔަތުއް ބިއްރިގެ ރައީސް ކަމާއި ޖަމިއްޔަތުއް ތައިސީރުގެ ރައީސް ކަމާއި ޒުވާނުންގެ ޖަމިއްޔާގެ ނައިބު ރައީސްކަން ކުރެއްވި އެވެ. އަދި ކުޑަކުދިންނަށް ތަޖުވީދު މަގުން ޤުރުއާން ކިޔަވަން ދަަސްކޮށްދެއްވުމުގައި އަބަދުވެސް އުޅުއްވި އެވެ. ބައެއް ކުދިންނަށް އެކަން ކޮށްދެއްވަނީ ހިލޭސާބަހަށެވެ.
އަބްދުﷲ އަބްދުލް ހަކީމް ގަބ ފެށުނީއްސުރެ ރަށަށް ހިދުމަތް ކޮށްދެމުން އަންނަ މީހެއް ކަމަށާއި ރަށުގެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެވެނެ ބޭފުޅެއް ކަމަށެވެ.