ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Fathuhulla Ahmed

Faresmaathodaa Dhaairaa Gaafu Dhaalu Atoll

ޕްރޮފައިލް

ގދ. ރަތަފަންދުއަށް އުފަން ފަތުހުﷲ އަހުމަދު އަހުމަދިއްޔާ އަދި އަމީރު އަހުމަދު ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ފެއްޓެވީ އަމިއްލަ ވިޔަފާރި އެވެ. ރަށުގައި ވިޔަފާރި ކުރައްވަމުން ގެންދެވި ނަމަވެސް އޭނާ ވަނީ 2015 ގައި މާލެ ބަދަލުވެވަޑައިގެން ގެސްޓް ހައުސް ހިންގުމުގެ އާއިލީ ވިޔަފާރީގެ ތެރެއަށް ވަންނަވައިފަ އެވެ.

އާ ގާނޫނު އަސާސީ ހަދަމުން އައި އިރު ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ބަލަން 2007 ގައި ނެގި އާންމު ހިޔާލު ހޯދުމުގެ ވޯޓަކީ ސިޔާސީ ދާއިރާއަށް ފަތުހުﷲ ވެންނެވި އެއް ސަބަބެވެ. އޭގެ ފަހުން 2008 ގައި އެމްޑީޕީގެ މެންބަރަކަށް ވެވަޑައިގެން ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވި އެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުގައި ރަތަފަންދޫ ކައުންސިލްގެ މެންބަރުކަން 2011 އިން 2014 އަށް ކުރެއްވި އެވެ. އޭނާއަކީ 2013 ގެ ރިޔާސީ އިންތިހާބާއި 2014ގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ރަތަފަންދޫގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ވެސް ފަތުހުﷲ އިސް ދައުރެއް އަދާކުރެއްވި އެވެ.

ރަތަފަންދޫގެ އިޖުތިމާއީ ދާއިރާގައި ފަތުހުﷲގެ އެހީ އެންމެ ބޮޑަށް ލިބިފައި ވަނީ ކުޅިވަރުގެ ދާއިރާ އިންނެވެ. ކޮންމެ އަހަރަކު ވެސް ސްކޫލް ބޮޑު ޗުއްޓީގައި ރަށުގައި ބާއްވާ ފުޓުބޯޅަ މުބާރާތް އިންތިޒާމް ކުރުމުގައި އޭނާގެ ބޮޑު ހިއްސާއެއް އޮވެ އެވެ. އެގޮތުން 2004 އިން ފެށިގެން ރަށުގައި ބާއްވަމުން އަންނަ ފުޓުބޯޅަ މުބާރާތްތައް ބައެއް ފަހަރު ފަތުހުﷲގެ އަމިއްލަ ޚަރަދުގައި ވެސް ކުރިޔަށް ގެންދިޔަ އެވެ.

"އަޅުގަނޑަކީ އަބަދުވެސް ރައްޔިތުންގެ މީހެއް،" ދާއިރާގެ ރައްޔިތުންނަށް ފަތުހުﷲ ދެއްވާ ފުރަތަމަ މެސެޖަކީ މި އެވެ.

"އޯގާތެރި ސަރުކާރެއްގެ ގާނޫނީ އޮނިގަނޑު އެމްޑީޕީގެ އެޖެންޑާ 19 ކަށަވަރުކޮށްދޭނަން. ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް އަޑު އުފުލާނަން. ޕާޓީ ބަދަލުކުރުމެއް ނެތް."

Featured Candidates