ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Majid Sulaiman

Kaashidhoo Dhaairaa Kaafu Atoll

ޕްރޮފައިލް

ކާށިދޫ ސްކޫލުން ތައުލީމް ހާސިލްކުރެއްވުމަށް ފަހު މާޖިދު ފުރަތަމަ މަސައްކަތްކުރެއްވީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އެ ދާއިރާ އިން ކޯސްތައް ވެސް ފުރިހަމަކުރެއްވި އެވެ.

މާޖިދުގެ ސިޔާސީ ހަޔާތް ފެށިފައި އޮތީ އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުންނެވެ. އެގޮތުން ކާށިދޫ ކައުންސިލުން އޭނާ ޖާގަ ހޯއްދެވި އެވެ. އޭގެ ފަހުން ކ. އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެގެން ދިޔައިރު، އިސްލާހީ މަސައްކަތުގައި މާޖިދު އުޅުއްވި އެވެ. ރިޔާސީ އިންތިޚާބު ކޯލިޝަން ޕާޓީތަކަށް ކާމިޔާބުކޮށްދޭން ކާށިދޫގައި ކުރިއަށް ގެންދިޔަ ކެމްޕޭންގައި، މުހިއްމު ދައުރެއް އަދާކުރެއްވި އެވެ.

ސިޔާސީ ހަޔާތް ފެށުމުގެ މާ ކުރިން ވެސް މާޖިދަކީ ކާށިދޫގެ އިޖުތިމާއީ ހުރިހާ ހަރަކާތެއްގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަމިއްލަ ނަމުގައި، ކުޅިވަރުގެ އެކި މުބާރާތްތައް ބޭއްވެވި އެވެ.

އޭގެ އިތުރުން ރަށު ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންކަން ކޮށްދެވި އެވެ. އޭގެ ތެރޭގައި އިންޖީނުލީ އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ރަށުގައި ހެދޭނެ ގޮތް ހަމަޖެއްސުމާއި އޭ ޒޯން ލައިސަންސް ނެގޭނެ އިންތިޒާމް ވެސް ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވި އެވެ.

އަތޮޅު ފެންވަރުގެ ގުރުއާން މުބާރާތެއް ކޮންމެ އަހަރަކު ކާށިދޫގައި ބާއްވަން މަގުފަހިކޮށްދެއްވި އެވެ.

އޭނާއަށް ވުރެ ބޮޑަށް ދާއިރާ ދެކެ ލޯބިވާ އެހެން ކެންޑިޑޭޓަކު ވާދަނުކުރައްވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ދާއިރާއަށް ނިސްބަތްވާ ބޭފުޅަކު ވާދަކުރެއްވުން ތަފާތެވެ. ދާއިރާގެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރެވޭނީ އެފަދަ މީހަކަށެވެ. އެ އަޒުމުގައި އޭނާގެ އެދިވަޑައިގަތުމަކީ، ކާށިދޫ ދާއިރާގެ ރައްޔިތުން އެއްބާރުލުން ދިނުމެވެ.

Featured Candidates