ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Yasir Abdul Latheef

ޕްރޮފައިލް

ޔާސިރު 2006 ގައި ވަޒީފާއެއްގެ ގޮތުން ފުރަތަމަ ވެސް ވެންނެވީ ކަސްޓަމްސް އަށެވެ. އެގޮތުން އޭނާ ވަނީ ކުޅުދުއްފުއްޓާއި ބޭރުގެ ޔޮޓްފަހަރު ގިނަ އަދަދަކަށް ބަނދަރުކުރާ އުލިގަމު ކަސްޓަމްސް ޕޯސްޓްގެ އިސް ވެރިއެއްގެ މަގާމު ފުރުއްވައިފަ އެވެ. މާކެޓިން އެންޑެ މެނޭޖްމަންޓްގެ ދާއިރާ އިން އޭނާ ވަނީ އޮސްޓްރޭލިޔާގެ އެޑިތު ކޯވެން ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރަައްވއިފަ އެވެ.

ޔާސިރުގެ ސިޔާސީ ފިކުރު ގުޅިފައި ވަނީ އެމްޑީޕީއާ އެވެ. އޭނާ އަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރައްވާނެ ބޭފުޅެއްކަން އެނގެ އެވެ.

އިޖުތިމާއީ ކަންކަމުގައި ޔާސިރުގެ ދައުރު ބޮޑެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުގައި އުޅުއްވުމަކީ މުޖުތަމައުއަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ކަމެކެވެ. އެގޮތުން ރެޑް ކްރެސެންޓްގެ އުތުރު ގޮފީގެ ގަވަނިން ބޯޑްގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ. އޭގެ އިތުރުން ކުޅިވަރުގެ ހަަރަކާތްތަކުގައި ވެސް ޒުވާނުންނަށް އެހީވުމަކީ ޔާސިރުގެ އުފަލެކެވެ. ކުޅުދުއްފުށީ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަން ދެ އަހަރު ވަންދެން ކުރެއްވުމަކީ އޭގެ ހެއްކެކެވެ.

"އަޅުގަނޑު ވާން ބޭނުން ވަނީ ތިޔަ ބޭފުޅުން ބޭނުންވާ ފަދަ ބަދަލެއް ގެނެސްދޭނެ މީހަކަށް،" ޔާސިރު ވިދާޅުވި އެވެ. އެކަމަކު އެކަން ކުރެއްވޭނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އަމިއްލަ ނަފުސު ވިއްކާނުލައްވައި، ބަދަލެއް ބޭނުންވެގެން އެ ބަދަލަކަށް ވޯޓު ލައިގެންނެވެ.

Featured Candidates