ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Hussain Waheed

Komandoo Dhaairaa Shaviyani Atoll

ޕްރޮފައިލް

ށ. ފޯކައިދުއަށް އުފަން ހުސައިން ވަހީދަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މަޝްހޫރު ނަމެކެވެ. ލަކުޑި ވިއްކުމާއި އިމާރާތްކުރުމުގެ ދާއިރާގައި ކުރިންސުރެ އޭނާ ގެންދަވަނީ ވިޔަފާރިކުރައްވަމުންނެވެ.

ސިޔާސީ ދާއިރާއަށް ހުސެން ވެންނެވީ 2009 ގެ އާންމު އިންތިހާބުންނެވެ. އޭނާ ވާދަކުރެއްވީ އެމްޑީޕީ ޓިކެޓްގަ އެވެ. އަދި ކޮމަންޑޫ ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރެއްވި އެވެ. މިފަހަރު އަލުން އެ ދާއިރާގެ އެމްޑީޕީ ޓިކެޓްގައި ނުކުންވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ހުސައިން ވަހީދު އަންނަނީ ޒުވާނުންގެ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ހިންގަން ކުރިންސުރެ ވެސް އެހީތެރިވެދެއްވަމުންނެވެ.

"އެޖެންޑާ 19 މެދުވެރިކޮށް ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ކަށަވަރުކޮށް ދޭނަން،" ހުސެން ވަހީދު ވިދާޅުވި އެވެ.

Featured Candidates