ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Mohamed Shifau

Ihavandhoo Dhaaira Haa Alif Atoll

ޕްރޮފައިލް

މުހައްމަދު ޝިފާއުއަކީ ދަަރިވަރުންގެ ތެރޭގައި މަގުބޫލު ޓީޗަރެކެވެ. އިހަވަންދޫ ސްކޫލުގެ ސެކަންޑްރީ ޓީޗަރެއްގެ ގޮތުގައި އޭނާގެ މަސައްކަތުގެ ހަޔާތުގެ މުހިންމު ދުވަސްތަކެއް ހޭދަކުރެއްވުން އެކަންޏެއް ނޫނެވެ. އެ ޚިދުމަތުގެ ތެރޭގައި ހއ. ބާރަށު ސްކޫލުގެ ހެޑް މާސްޓަރުކަން ކުރެއްވުން ވެސް ހިމެނެ އެވެ. އެހެންކަމުން ޝިފާއުގެ ގައުމީ ޚިދުމަތް ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި ވެސް މި އޮތީ ފާހަގަވެފަ އެވެ. މީގެ އިތުރުން އިންތިޚާބީ ރައީސްގެ އޮފީހުގެ ސެކެޓްރީޖެނެރަލް ގެ މަގާމު ޝިފާއު އަދާކުރެއްވިއެވެ. އޭނާ ވަނީ އިންޑިއާގެ ޔުނިވަސިޓީ އޮފް މައިސޫރުން މަތީ ތައުލީމް ހާސިލްކުރައްވައިފަ އެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި ޝިފާއު އަބަދުވެސް އިސްކޮށް އުޅުއްވަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީ އިހަވަންދޫ ދާއިރާގެ ނައިބު ރައީސަކީ އޭނާ އެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ޝިފާއުގެ އިޖުތިމާއީ ހިދުމަތް ރަށުގައި ވަރަށް ބޮޑެވެ. އިހަވަންދޫ ޑިވެލޮޕްމެންޓް ސޮސައިޓީގެ އެސިސްޓެންޓް އެގްޒެކްޓިވް ޑިރެކްޓަރުކަން ކުރެއްވި އެވެ. ރަށުގައި ހިންގާ އިޖުތިމާއީ ކަންކަމުގައި ބައިވެރިވެވަޑައިގަނެ އެވެ. ޔުނިވަސިޓީ އޮފް މައިސޫރުގެ ބައިނަލްއަގުވާމީ ދަރިވަރުންގެ ޖަމިއްޔާގެ އެކްސްކޯގައި އޭނާ އިންނެވި އެވެ. އަދި މައިސޫރު ޔުނިވަސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަންގެ އެއް ބާނީއަކީ ވެސް ޝިފާއު އެވެ.

Featured Candidates