އިބްރާހިމް މުއިއްޒަކީ ޓެލެކޮމިއުނިކޭޝަންސް ދާއިރާގެ ތަޖުރިބާކާރެކެވެ. ފޯކަސް ކޮމްޕިއުޓާސް އިން ފެއްޓެވި މަސައްކަތުގެ ކެރިއަރުގައި އޭނާ ވަނީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.

މުއިއްޒަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތް ފެށުނީއްސުރެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި އެ ޕާޓީގެ މުހިއްމު ހަރަކާތްތެރިއެކެވެ. އެކަމަކު ބޮޑަށް މަސައްކަތްކުރެއްވީ ޕާޓީގެ އެތެރޭގަ އެވެ. އެ ޕާޓީގެ ސަރުކާރެއްގައި މަސައްކަތްކުރައްވާފައެއް ނުވެ އެވެ. އޭނާ އަކީ އެ ޕާޓީގެ އެންމެ މުހިއްމު ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ މެމްބަރުކަމާއި އިންތިހާބީ ކޮމިޓީގެ މެމްބަރެކެވެ. އަދި އޭނާ ކުރިމަތިލައްވާފައިވާ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސަކީ ވެސް މުއިއްޒެވެ.
މުއިއްޒަކީ ކުޅިވަރުގެ އާއިލާ އަށް ނިސްބަތްވާ ބޭފުޅެކެވެ. ހަމައެއާ އެކު ކުޅިވަރުގައި އޭނާގެ އަމަލީ ބައިވެރިވުން ވެސް އެބަ އޮތެވެ. އެގޮތުން މިހާރު ރާއްޖޭގެ ކުޅިވަރު މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ކުޑަހެންވޭރު ޔުނައިޓެޑަކީ އޭނާގެ ހިއްސާ އޮވެ އުފެއްދެވި ކްލަބެކެވެ.
"އަޅުގަނޑަކީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ އިސްލާހީ މަސައްކަތުގައި މިއަދާ ހަމަޔަށް ތެދުވެރިކަމާއި ސާބިތުކަމާ އެކީ މަސައްކަތްކުރަމުން އައި މީހެއް،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މަޖިލީހަށް ހޮވިއްޖެ ނަމަ ރައްޔިތުންގެ ހައްގުގައި އިހުލާސްތެރިކަމާ އެކީ މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން. އަދި ނަޒާހަތްތެރި މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ހަދައިދޭން މަސައްކަތްކުރާނަން."