ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Abbas Sulaiman

Isdhoo Dhaairaa Laamu Atoll

ޕްރޮފައިލް

ކަލައިދުއަށް އުފަން އައްބާސް ތައުލީމު ހާސިލްކުރެއްވީ ކަލައިދޫ މަދަރުސާއިންނެވެ. އެމްޑީޕީ ސަރުކާރުގައި އޭނާ ވަނީ ސައުތު ސެންޓްރަލް ޔޫޓިލިޓީސް ލިމިޑެޓްގެ މެނޭޖަރުކަން 2009 އިން 2012 އަހަރަށް އަދާކުރައްވައިފަ އެވެ. އެއަށް ފަހު އޭނާ އުޅުއްވީ، ކުރިއެކޭ އެއްގޮތަށް، އަމިއްލަ މަސައްކަތުގަ އެވެ. އެގޮތުން އޭނާ އަކީ މިހާރު އާޖާޒް ފިއުލް ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރެވެ.

ސިޔާސީ ކަންކަމުގެ ތެރެއަށް އައްބާސް ވެންނެވީ 2007 ގައި ނެގި ރިޔާސީ/ބަރުލަމާނީ ނިޒާމުގެ ވޯޓުގެ ދުވަސްވަރުގަ އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ 2009 ގަ އެވެ. އެއަށް ފަހު އެމްޑީޕީގެ ދެ ގޮފި އޭނާ ކުރެއްވި އެވެ. އެގޮތުން އިސްދޫ އިހައްދޫ ގޮތްޕާއި އިސްދޫ އެކުވެރިންގެ ޑިމޮކްރެޓިކް ގޮފީގެ އިސް ވެރިޔަކީ އައްބާސް އެވެ.

އައްބާސް ވަނީ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުން މަސައްކަތްކުރައްވައިފަ އެވެ. އޭގެ އިތުރުން ރަށުގެ އިޖްތިމާއީ ގިނަ ކަންކަމުގައި އުޅުއްވަ އެވެ. އެކި ރޮނގުރޮނގުން ރަށުގެ ތަރައްގީއަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

އައްބާސްގެ މެސެޖް ވަރަށް ސާފެވެ. އެމްޑީޕީ ދުލެއް ނުކުރައްވާނަމެވެ. ދާއިރާގެ މެންބަރަކަށް ހޮވައިފި ނަމަ، ސަރުކާރު މެދުވެރިކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި ބޭނުންވާ ތަރައްގީ ގެނެސްދެއްވުމަކީ އިސް ޒިންމާއެކެވެ.

Featured Candidates