ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Jeehaan Mahmood

Hinnavaru Dhaairaa Lhaviyani Atoll

ޕްރޮފައިލް

ޅ. ހިންނަވަރަށް އުފަން ޖީހާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާއާ ގުޅުން ހުރި ބޭފުޅެކެވެ. ޖީހާންގެ ހިދުމަތް ފެއްޓެވީ އެޗްއާރުސީއެމްގެ އާދައިގެ ވަޒީފާއަކުންނެވެ. އެޗްއާރުސީއެމްގައި ނުވަ އަހަރު ހިދުމަތްކުރެއްވި އިރު އޭނާ އެ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

ރާއްޖެ އާއި ބޭރުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި ޖީހާން އަބަދުވެސް މަސައްކަތްކުރައްވަ އެވެ. އޭނާ މިވަގުތު ކުރިއަށް ގެންދަވަނީ އޭނާގެ ޕީއެޗް.ޑީގެ ކިޔެވުމެވެ.

ކުރިންސުރެ ވެސް ޖީހާނަކީ އިސްލާހީ މަސައްކަތަށް ލޯބިކުރެއްވި، އިސްކަން ދެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އެމްޑީޕީގެ މެމްބަރަކަށް ވެވަޑައިގަތީ މީގެ އަށް މަސް ދުވަސް ކުރިންނެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ޖީހާންގެ އިޖުތިމާއީ ޚިދުމަތުގެ ރެކޯޑް ދިގެވެ. އަބަދުވެސް އޭނާ އިޖުތިމާއީ ކަންކަމުގައި، ކޮންމެވެސް ހައިސިއްޔަތަކުން އުޅުއްވަ އެވެ. އެގޮތުން ޓައިނީ ހާޓް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރެކެވެ. ކެއާ ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަކީ އިޖުތިމާއީ ގޮތުން އޭނާއަށް ކޮށްދެއްވޭ ވަރަށް ބޮޑު ހިދުމަތެކެވެ.

"މުޖުތަމައުގެ ހާލަތު ރަނގަޅު ކުރުމުގައި ދެމިހުންނާނަން،" މިއީ ޖީހާންގެ ވާހަކަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިއަ 25 އަހަރު ފުރުއްވި ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ހޯއްދަވައިދެއްވަން އޭނާ ނުކުންނެވީ އެ އަޒުމުގަ އެވެ.

Featured Candidates